Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ކްރިމިނަލް ކޯޓުގެ ގާޒީކަމަށް 10 މީހަކު ކުރިމަތިލައިފި

ކްރިމިނަލް ކޯޓު --

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް 10 ފަރާތެއް ކުރިމަތިލައިފިއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ ދެ މަގާމަކަށް ކުރިމަތި ލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލީ މިއަދުގެ 02:00 އާ ހަމައަށެވެ.

އެމަގާމަށް ކުރިމަތިލި ފަރާތްތަކުގެ ވަނަވަރު ޖޭއެސްސީން ވަނީ ހާމަކޮށްފައެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާފައިވަނީ މުޙައްމަދު އިޙްސާން / ނޫރުވާދީ ކ.ތުލުސްދޫ، މުޙައްމަދު ސަމީރު / ހިތްވަރު ރ.އިނގުރައިދޫ، އަޙްމަދު ރިފްޝާން / ކަޝްމީރުގެ ސ. ފޭދޫ، އިބްރާހީމް އިޙްސާން / އެށެވެލި ސ.މަރަދޫ، އުއްމުކުލްޘޫމް އަބޫބަކުރު / ރަނައުރާގެ ބ. ހިތާދޫ، ރަފީއުއްދީން އަހްމަދު / ސްނޯޑްރޮޕް ސ. ހިތަދޫ، އަޙްމަދު އާދަމް / އެތުމާގެ ގއ.ގެމަނަފުށި، ޙުސައިން ސާލިމް / އާރު ހއ.މާރަންދޫ، ސިޔާމާ މުޙައްމަދު / މާލެ ދަފްތަރު ރސ 13194 އަދި އިބްރާހީމް ޛިހުނީ / ބިއްލޫރިޖެހިގެ ގއ.ނިލަންދޫ އެވެ.

ގާޒީންގެ އަސާސީ މުސާރަ އަކީ މަހަކު 30،000 ރުފިޔާއެވެ. މީގެ އިތުރުން ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާ އާއި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300 ރުފިޔާ ލިބެއެވެ.