އައްޑޫގައި ބޮޑެތި މީހުންނަށް ފްރާންސް ބަސް ދަސްކޮށްދޭ ކޯހެއް ބާއްވަން ނިންމައި އޭގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
އެލައިންސް ފްރާންސް މޯލްޑިވްސް އިންތިޒާމުކޮށްގެން ހިތަދޫގައި ހުންނަ ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ސްކޫލްގައި ބާއްވަން ހަމަޖެހިފައިވާ ކޯހުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު އޮތީ ހުޅުވާލައިފަ އެވެ. މި ނަމްބަރަށް 9478583 އަށް ވައިބަކޮށްގެން ރަޖިސްޓްރީކުރެވޭނެ އެވެ.
އެއް މަސް ދުވަހުގެ މުއްދަތަށް ހިންގާ ކޯހުގެ ފީ އަކީ 1،000ރ. އެވެ. މި ކޯހުގައި ކިޔައިވޭނީ ފްރާންސް ބަހުގެ ތަޖުރިބާކާރެކެވެ. ކޯސް ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 5 ގަ އެވެ.