Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

އަލީ ރަމީޒު އެދެނީ ޝެއިހް ޒައިދު އިސްލާހުވާން!

ޝެއިހް ޒައިދު ދީނީ އިލްމުވެރިންތަކަކާ އެކީ.

ޝެއިހް އަލީ ޒައިދު އާންމުންގެ ތެރޭގައި ނަފުރަތާއި ރުޅިވެރިކަން އުފައްދަން މަސައްކަތްކުރައްވާ ކަމަށް ބުނެ އޭނަ އިސްލާހުވާން ސަލަފް ޖަމިއްޔާ އަށް ނިސްބަތްވާ އަލީ ރަމީޒު ގޮވާލައިފި އެވެ.

ޓްވިޓާގައި އަބަދު ވެސް ވަރަށް ހަރަކާތްތެރިކޮށް އުޅުއްވާ ޒައިދު ޓެގް ކުރައްވައި ރަމީޒް ކުރި ޓްވީޓެއްގައި ބުނީ މީހުން ލައްވާ އަވަގުރުނާ ގޮއްވަން ޖެއްސުމުގެ ރާގަށް ސެލްފީތަކާއި ޓްވީޓްތައްކޮށް ނުހަދަން އެދޭ ކަމަށެވެ.

"އިލްމުވެރިންނަކީ އަބަދު ވެސް މީސްތަކުންނަށް ނަސޭހަތްތެރިވާ ބައެއް. އިސްލާހުވޭ،" އޭނަ ބުންޏެވެ.

އަލީ ރަމީޒުގެ ޓްވީޓްގެ ރައްދުގައި ޒައިދު ސީދާ ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. އެކަމަކު އޭނަގެ ޓްވީޓްގެ ފަހުން ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބުނާ ބަހެއް ބުނަނީ, އަދި ކުރާ މަޝްވަރާއެއް ކުރަނީ ވަކި މީހަކު ރުއްސާކަށް، ނުވަތަ ރުޅިއަރުވާކަށް ނޫން ކަމަށެވެ.

"އިސްލާމް ދީނާއި ދިވެހި ޤައުމަށް އެންމެ ފައިދާ ހުރި ގޮތްތަކަކީ އަޅުގަނޑުމެން އެދޭ އެންމެމަތީ މަޞްލަޙަތެވެ. ޙައްޤަށް ބަސްބުނުމަށް އަބަދުވެސް އަޅުގަނޑުމެން ލޯބިކުރަމެވެ!" ޒައިދު ވިދާޅުވި އެވެ.