Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

މުއްދަތު ހަމަވެފައިވާ ލިޔުންތައް ބަލައިގަތުން ހުއްޓާލަނީ

މުއްދަތު ހަމަވެފައިވާ ލިޔުންތައް އަންނަ މަހުގެ 22 އިން ފެށިގެން ދަތުރުކުރަން ބޭނުން ނުކުރެވޭނެ ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ބުނެފި އެވެ.

އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން އޮޕަރޭޓްކުރާ އެއާލައިނުން ދަތުރުކުރުމުގައި ލުއި ފަސޭހަކޮށް ދިުމުގެ ގޮތުން މުއްދަތު ހަމަވެފައިވާ ލިޔުންތައް ބަލައިގަންނަން ފެށީ ކޮވިޑާ އެކީ ދިމާވި ހާލަތުގެ ފަހުންނެވެ. ނަމަވެސް މޯލްޑިވިއަނުން މިހާރު ނިންމާފައި އޮތީ އެފަދަ ލިޔުންތައް އަންނަ މަހުގެ 22 ގެ ފަހުން ބަލައިނުގަންނަ ގޮތަށެވެ.

އެގޮތުން މުއްދަތަ ހަމަވެފައިވާ އައިޑީކާށާއި ޕާސްޕޯޓާއި ވޯކް ވިސާ ކާޑާއި ލައިސަންސް ކާޑާއި އެއާޕޯޓް ސެކިއުރިޓީ ފާހާއި ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑު ނަންބަރު ޖެހި ރަސްމީ ލިޔުންތަކުގެގެ ތެރެއިން މުއްދަތު ހަމަވެފައިވާ ލިޔުންތައް ބަލައެއް ނުގަންނާނެ އެވެ.