Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ފޭދޫގެ ކުނި، ކުނި ކޮއްޓަށް ގެންދާނެ ބަޔަކު ހޯދަނީ

ސ. ފޭދޫގެ އެކި ސަރަހައްދުތަކަށް ޖަމާކޮށްފައި ހުންނަ ކުނި މަހަކު އެއް ފަހަރު ކުނި ކޮއްޓަށް ކޮންޓްރެކްޓް އުސޫލުން ގެންގޮސް ދޭނެ ބަޔަކު ހޯދުމަށް އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ބިޒްނަސް ޑިޕާޓްމަންޓުން މިއަދު އިއުލާންކޮށްފި އެވެ.

ފޭދޫ އަވަށު ބޯޑްގެ ރައީސް އަހުމަދު ނަސީރު ސޮއި ކުރައްވައި ނެރެފައިވާ އިއުލާނުގައި ބުނެފައި ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހު އެ ޑިޕާޓްމަންޓަށް ހުށަހަޅަން ޖެހޭ ކަމަށެވެ.

ފޭދޫގައި އުފެދޭ ކުނި، ކުނި ކޮއްޓަށް ގެންދާނެ ބަޔަކު ހޯދުމަށް އިއުލާން ކުރި އިރު، އައްޑޫގެ ރަށްރަށުގެ އެކި ސަރަހައްދުތަކަށް ކުނި އަޅައި، ރަށްރަށުގެ ސާފުތާހިރުކަން ގެއްލޭ ގޮތަށް ކުނި އުކާފައި ހުންނަކަން ފާހަގަކޮށްލެވެ އެވެ. އަދި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ވެސް ކުނި އަޅައި، ގޮނޑުކުރުމުގެ މައްސަަލަތައް ފަހަކަށް އައިސް އިތުރުވާކަން ފާހަގަ ކުރެވެ އެވެ.