Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު އެމްޑީޕީ

ފުވައްމުލަކުން ނަޝީދަށް ހޫނު މަރުހަބާއެއް

ފުވައްމުލައްސިޓީން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ރައީސް ނަޝީދު އުޅުއްވާއިރު، އެމަނިކުފާނު މިއަދު ފުވައްމުލައްސިޓީއަށް ވަޑައިގެންފައިވަނީ އައްޑޫސިޓީގައި ކެމްޕޭނުގައި އުޅުއްވުމަށްފަހުއެވެ.

ރައީސް ނަޝީދު ފުވައްމުލައްސިޓީއަށް ވަޑައިގަތުމުން އެރަށުގެ އެމަނިކުފާނަށް ތާއީދުކުރައްވާ ގިނަ ފަރާތްތަކަކުން ވަނީ މަރުހަބާ ދެންނެވުމަށް ނިކުމެފައެވެ.

ޕްރައިމަރީގެ ކެމްޕޭން ފޯރީފައި ކުރިއަށްދާއިރު މިރޭ ރައީސް ނަޝީދު މާލޭގައި ޒުވާނުންނާ ބައްދަލުކުރައްވާ ޒުވާނުންގެ ސުވާލަށް ޖަވާބު ދެއްވުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް ނަޝީދުގެ މާލޭ ކެމްޕޭން ނިންމުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ބްރާސްފަތި ދުވަހުގެ ރޭ 08:30 ގައެވެ. އަދި ހުކުރު ދުވަހު ހަވީރު 04:30 ގައި މާލޭގައި ހިނގާލުމެއް ބޭއްވުމަށް ހަމަޖެހިފައެވެ.

މި ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް އަންނަނީ އެކި ރަށްރަށަށް ދަތުރުކުރައްވާ އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވާ ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ.