Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ހުޅުމީދޫ މިފްކޯ ބަނދަރު މަސައްކަތް ބާރަށް ކުރިއަށް

ސ. ހުޅުމީދޫ މިފްކޯ ބަނދަރު މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ނެރަށް ވަދެވެން އޮންނަ އައު ދިމާ ފުންކުރުމުގެ މަސައްކަތުގެ 86 ޕަސެންޓާއި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 75 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 471,380 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 1,788 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 97 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 68.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.