ވެރިކަމުގެ ދެވަނަ ދައުރަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެންނަން "އޯކޭ" ނޫން ކަމަށް ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ރައީސާ ވާދަކުރައްވާ ކުރީގެ މުހައްމަދު ނަޝީދަށް ތާއީދު ކުރައްވައި އެ މަނިކުފާނުގެ ކެމްޕޭންގައި އުޅުއްވާ ދިނާޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ސޯލިހު އަލުން ވެރިކަމަށް ގެންނަން ބޭނުން ނުވާ ސަބަބުތަކެއް ލިސްޓެއް ވެސް ހިއްސާކުރައްވައިފަ އެވެ.
– GST boduvejje.
– Fen bill boduvejje,
– Current bill boduvejje,
– Phone bill boduvejje,
– Kaaboathaketheege agu boduvejje.
– Annaunuge agu boduvejje,
– Dhiriulhumuge kharadhu mathivejje.Rayyithumeehaage aamdhanee bodeh nuvey.
Raees Ibu okay eh noon ❌
— Dhiyana ?🌹 (@dhiyanasaid) January 26, 2023
ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރުގެ ކުރީގެ އަނބިކަނބަލުން ވިދާޅުވީ ރައީސްގެ ސޯލިހުގެ ވެރިކަމުގައި ހިދުމަތްތަކާއި މުދަލުގެ އަގުތައް ބޮޑުވެއްޖެ ކަމަށެވެ. އެގޮތުން ޖީއެސްޓީ އާއި ފެން ބިލާއި ކަރަންޓް ބިލާއި ފޯނު ބިލާއި ކާބޯތަކެއްޗާއި އަންނައުނުގެ އަގުތައް ބޮޑުވެ، ދިރިއުޅުމުގެ ހަރަދުތައް މަތިވެއްޖެ ކަމަށް ވިދާޅުވި އެވެ.
"[އެކަމަކު] ރައްޔިތު މީހާގެ އާމްދަނީ ބޮޑެއް ނުވޭ،" ދިޔާނާ ވިދާޅުވި އެވެ. "[އެހެންވީމަ] ރައީސް ސޯލިހު އޯކޭއެއް ނޫން."
ޕްރައިމަރީގައި ނަޝީދަށް ދިޔާނާ ކެމްޕޭންކޮށް ދެއްވަމުން ގެންދަވާ އިރު، އޭނާ އެޓާނީ ޖެނެރަލްކަން ކުރެއްވީ ނަޝީދުގެ ވެރިކަމުގަ އެވެ.