Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ހީލަތުގެ މައްސަލައެއްގައި ދެ މީހަކު ހޯދަނީ

މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި ދެ މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީ އަށް އެދި ވީޑިއޯއެއް އާންމުކޮށްފި އެވެ.

ފުލުހުން ބުނީ އެ ދެ މީހުންނަކީ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިިމް ޑިޕާޓްމަންޓުން ކުރަމުން އަންނަ ތަހުގީގަކަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކޮން ބައެއްކަން ދެ ނީހުން ކަމަށެވެ. އެހެންވެ އެއީ ކޮން ބައެއްކަން ދެނެގަތުމަށް އާންމުންގެ އެހީ އަށް އެދުނީ އެވެ.

ވީޑިއޯ އިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި ހިއްސާކޮށްދޭން ފުލުހުން ވަނީ އެދިފަ އެވެ.