Last Updated: June 9, 13:32
Tuesday, June 9, 2026
ޚަބަރު

މަތިވެރީ ފެނުގެ ނިޒާމު ނިމެނީ

އއ. މަތިވެރީ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިމުމާ ގާތަށް ގޮސްފިއެވެ.

އެ މަސައްކަތް ކުރަމުން އަންނަ އެމް.ޑަބްލިޔު.އެސް.ސީއިން ބުނެފައިވަނީ އއ. މަތިވެރީގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މުޅި މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މިގޮތުން، ފެނުގެ ނިޒާމްގައި ހިމެނޭ 6.7 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ މަސައްކަތާއި، ބޯހޯލް ތޮރުފުމުގެ މަސައްކަތާއި، ފެން ރައްކާކުރުމަށްޓަކައި 2 ތާންގީ ބެހެއްޓުމުގެ މަސައްކަތާއި، ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތާއި އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގގެ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.

މީގެ އިތުރުން، ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްތަކުގެ ބޮޑުބައެެއް މިހާރު ނިމިފައިވާ ކަމަށާއި، ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

އއ. މަތިވެރީ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މިމަޝްރޫއަކީ ޖުމްލަ 38.83 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.