Last Updated: April 24, 12:21
Wednesday, April 24, 2024
ޚަބަރު

ފަރަށް އެރި ބާޖެއް 31 މިލިއަނުން ޖޫރިމަނާ

ފަރަށް އެރި ބޯޓެއް ފުންކުރަނީ-- ފޮޓޯ: އެމްއެންޑީއެފް

ކ. ބޮޑުގިރިއަށް ބާޖެއް އެރުމާއި ގުޅިގެން ތިމާވެއްޓަށް ލިބުނު ގެއްލުންތަކަށް އެ އުޅަނދުގެ ވެރިފަރާތް 31 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ.

އޭއެމް އޭއޭޖީއޭއެމް ބާޖުގެ ވެރިފަރާތަކީ ދި މިޑްލްއީސްޓް މެރިން އެލްއެލްސީ އެވެ. އެ އުޅަނދު ފަރަށް އަރާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު ތިނެއްގަ އެވެ.

އީޕީއޭ އިން ބުނީ މި އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކޮށްފައިވަނީ މި ބާޖު ފަރަށް އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަށް ބެލުމަށްފަހު އެވެ. މި ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އީޕީއޭ އިން ވަނީ އަންގާފަ އެވެ.

މި ބާޖު ފުންކޮށް ނިމުމުން އެ ސަރަޙައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އެ އުޅަނދުގެ ވެރިފަރާތުގެ ސަރވެޔަރުންނާއެކު މިދިޔަ ނޮވެމްބަރު 20 ގައި އެ ސަރަޙައްދަށް ގޮސް ޖޮއިންޓް-ސަރވޭއެއް ކޮށްފައިވާ ކަމަށް އީޕީއޭ އިން ބުނެ އެވެ.

"މިގޮތުން، ބެލިބެލުމުން އެ ފަރުގެ 1248 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައި." އީޕީއޭ އިން ބުނެ އެވެ.

މިއީ މި ބާޖު ފަރަށް އަރައިގެން ތިމާވެއްޓަށް ލިބުނު ގެއްލުންތަކަށް ޖޫރިމަނާ ކުރެވޭ ތިންވަނަ މައްސަލަ ކަމަށް އީޕީއޭ އިން ހާމަކުރެ އެވެ.