Last Updated: June 29, 10:25
Monday, June 29, 2026
ޚަބަރު

މޭޔަރު ރަސްމީ ދަތުރެއްގައި ލަންކާ އަށް

މޭޔަރ ސޯބެ އައިއެފްސީގެ ކަންޓްރީ މެނޭޖަރާއި ބައްދަކލު ކުރައްވަނީ. މި ދަތުރުފުޅުގައި ކުރީގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި. ފޮޓޯ: ޓުވިޓާ

އައްޑޫ މޭޔަރު އަބްދުﷲ ސާދިގް (ސޯބެ) ރަސްމީ ދަތުރެއްގައި ސްރީލަންކާ އަށް ވަޑައިގެންފި އެވެ.

ކައުންސިލް އިދާރާގެ މީޑިއާ އޮފިޝަލް ވިދާޅުވީ މޭޔަރުގެ ދަތުރުފުޅަކީ ކައުންސިލުން ކުރިއަށް ގެންދާ ގެސްޓް ހައުސް ވެންޗާއަށް ފަންޑް ހޯދުމަށާއި، އެކަމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން ބައެއް ގައުމު ތަކުގެ ސަފީރުންނާއި ބައެއް މާލީ އިދާރާތަކުގެ އިސްވެރިންނާއި މަޝްވަރާ ކުރުމަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅެއް ކަމަށެވެ.

ސޯބެ އިއްޔެވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެކު އައިއެފްސީގެ ކަންޓްރީ މެނޭޖަރާއި ބައްދަލުކޮށް ގެސްޓް ހައުސް ވެންޗާގެ މައުލޫމާތު އަރުވާފައެވެ.

އަދި ފްރާންސުން ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރާއި، އިނގިރޭސި އެމްބެސަޑަރާއި ވެސް ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުން ތަކުގައި ސޯބެ އާއި އެކު ހިތަދޫ އުތުރު ދާއިރާގެ މަޖްލިސް މެމްބަރު މުހައްމަދު އަސްލަމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

BN

ކައުންސިލުން ބުނީ މިދަތުރު ނިންމަވާލެއްވުމަށްފަހު މޭޔަރ އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 4 ވަނަ ދުވަހު ކަމަށެވެ.

އައްޑޫ ގެސްޓް ހައުސް ވެންޗާގެ ދަށުން 2000 އެނދު ހެދުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އަދި ގެސްޓް ހައުސް ވެންޗާއާއި ގުޅޭ މައުލޫމަތު ދިނުމަށް މާލެ އާއި އައްޑޫގައި ކައުންސިލްގެ ފަރާތުން ވަނީ ދެ ބައްދަލުވުމެއް ބާއްވާފައެވެ.