Last Updated: June 14, 10:47
Sunday, June 14, 2026
ޚަބަރު

ފޭދު އަށް ބަސް ޑްރައިވަރުން ހޯދަނީ

އައްޑޫ ފޭދު އަށް ބަސް ޑްރައިވަރުން ހޯދަން އެމްޓީސީސީން އިއުލާންކޮށްފި އެވެ.

އައްޑު އަކީ އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން ބަހުގެ ހިދުމަތް ދެމުން އަންނަ ތަނެކެވެ.

އެ ކުންފުނިން ފޭދު އަށް ހޯދަން އިއުލާންކުރީ 8 ބަސް ޑްރައިވަރުންނެވެ. މި މވަޒީފާތަކަށް ޝައުގުވެރިވާ މީހުންނަށް އެޕްލައިކުރުމުގެ ފުރުސަތު އަންނަ މަހުގެ 2 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އެމްޓީސީސީން ބުނީ އެ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް ވަޒީފާތަކަށް އެޕްލައިކުރެވޭނެ ކަމަށެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން ނަގާ ބަސް ޑްރައިވަރުންގެ އަސާސީ މުސާރަ އަކީ މަހަކު 14،000ރ. އެވެ. އަދި އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ އާއި ސްޓާފް މެޑިކަލް އިންޝުއަރެންސްގެ އިތުރުން ޕެންޝަން ސްކީމްގައި ބައިވެރިވެވޭނެ އެވެ.