Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އެސްޓީއޯއަށް މިދިޔަ އަހަރު ރިކޯޑް އާމްދާނީއެއް

އެސްޓީއޯ ހެޑް އޮފީސް - ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

މިދިޔަ އަހަރު އެސްޓީއޯ އަށް ރިކޯޑް އާމްދަނީއެއް ލިިބިއްޖެ އެވެ.

މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް ވަނީ 18.2 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ 2021 ވަނަ އަހަރާ އަޅާ ބަލާއިރު 79 ޕަސެންޓުގެ ކުރިއެރުމެކެވެ.

މީގެ މައިގަނޑު ސަބަބެއް ކަމަށް އެސްޓީއޯ އިން ބުނީ, ކުންފުނީގެ ހުރިހާ ވިޔަފާރިތައްވެސް ކުރިއަރާ އާމްދަނީ އިތުރުވެފައިވުމެވެ.

އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނު ފައިދާ ވެސް ވަނީ އިތުރުވެފަ އެވެ. 2021 ވަނަ އަހަރު އެކުންފުންޏަށް 1.5 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު އިރު، މިދިޔަ އަހަރު އެކުންފުންޏަށް ވަނީ 2 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ. މިއީ 2021 ވަނަ އަހަރާ އަޅާބަލާއިރު 41 ޕަސެންޓްގެ ކުރިއެރުމެކެވެ.

މީގެއިތުރުން އެސްޓީއޯގެ އޮޕަރޭޓިން ޕްރޮފިޓް ކުންފުނީގެ ތާރީހުގައިވެސް އިތުރުނުވާ މިންވަރަށް މިދިޔަ އަހަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރު އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި އެސްޓީއޯ އަށް ފުރަތަމަ ފަހަރަށް ވަނީ އެއް ބިލިއަން ރުފިޔާ ލިބިފަ އެވެ. 2021 ވަނަ އަހަރު އެކުންފުންޏަށް އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި ލިބިފައިވަނީ 643 މިލިއަން ރުފިޔާ އެވެ.