މާދަމާ ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން މޮޅުވާނެ ކަމަށާއި އެކަމާ އެއްވެސް އެއްވެސް ޝައްކެއް ވެސް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނުގެ ކެމްޕޭން ނިންމަން ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ވިދާޅުވީ ރާއްޖެ ވަނީ ބަދަލުވެފައި ކަމަށާއި މި ބަދަލުތަކާ އެކީ އެމްޑީޕީ އަނެއްކާ ވެސް ކުރިމަތިލަނީ ބޮޑު ކާމިޔާބީއަކާ ކަމަށެވެ.
#Anni2023#FikurehgeDhirun pic.twitter.com/wSSzkG5hrk
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) January 26, 2023
"މިއީ މާކުރިން ފެށި ދަތުރެއް. ގޮންޖެހުން ގިނަ ދަތުރެއް. އަނެއްކާ ވެސް މިދަނީ ކާމިޔާބަށް. ހޮނިހިރު ދުވަހު ނަގާ ވޯޓުން އަޅުގަނޑުމެން މޮޅުވާނެކަން އެއްވެސް މީހަކު ޝައްކެއް ނުކުރާނެ." ނަޝީދު ވިދާޅުވި އެވެ. "ނޮވެމްބަރު މަހު އަޅުގަނޑުމެން ތިބޭނީ އަނެއްކާވެސް އެމްޑީޕީގެ ވެރިކަމެއްގައި."
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެ މަނިކުފާނަށް ޕްރައިމަރީ ކާމިޔާވުން ވާނީ އެމްޑީޕީ އަލުން ހޯދުން ކަމަށެވެ. ނަޝީދު ވިދާޅުވީ މުޅި ރާއްޖެ އޮތީ އެމަނިކުފާނާ އެކީ ތެދުވެ ކަމަށެވެ. އަދި މިހާރު ފެންނަނީ އަސްލު އެމްޑީޕީ ކަމަށް ވެސް ވިދާޅުވި އެވެ.
މިކުލުނެއް، މިލޯތްބެއް ނުކެނޑޭނެ ❤️
ދިވެހިންގެ #ހިތްތަކަުގެރައީސް 😍❤️#ހިތާހިތުގެގުޅުން 💛#HappenningNow #FikureggeDhirun#Anni2023 pic.twitter.com/a4LEQZkKRt— Sim (@Simwarr) January 26, 2023
"މި ރޯކުރަނީ އަޅުގަނޑުމެންގެ ދަންމަރު. ހިނގާ މަށާ އެކީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މޮޅުވާނެ. މި އިންތިޚާބު އަޅުގަނޑުމެންގެ އަތަކުން ނުގެއްލޭނެ. ވަގެއް ވެސް ނުހެދޭނެ. ފައިސާ ދީގެން ނުވެސް ގަނެވޭނެ. އޮޅުވައެއް ވެސް ނުލެވޭނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވާނީ މޮޅު." ނަޝީދު ވިދާޅުވި އެވެ.
މާދަމާ ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.