Last Updated: April 26, 20:24
Friday, April 26, 2024
މުނިފޫހިފިލުވުން

ރާނީގެ ފިލްމަށް ކުޑަ ލަސްވުމެއް

ބޮލީވުޑްގެ ބަތަލާ ރާނީ މުކަރްޖީގެ ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ރިލީޒްކުރާ ތާރީހަށް ބަދަލެއް ގެނެސްފި އެވެ.

މިދިޔަ އަހަރު ޝޫޓިން ނިންމައި ޕޯސްޓް ޕްރޮޑަކްޝަންގައި އޮތް ފިލްމު ކުރިން މާޗް 3 އަށް ތާވަލުކޮށްފައި އޮތް ނަމަވެސް މިހާރު އެ ތާރީހު އެ މަހުގެ 17 އަށް ބަދަލުކޮށްފަ އެވެ.

"މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ޑައިރެކްޓަރު/ޕްރޮޑިއުސަރު ނިކިލް އަދުވާނީގެ އެންމޭ އެންޓަޓައިންމަންޓުން ޕްރޮޑިއުސްކޮށް، އާޝިމާ ޗިބާރް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގައި ދައްކުވައި ދޭނީ ނޯވޭގެ ވެލްފެއާ އަށް ނަގާ ދަރިންތަކަކަށް އިންސާފު ހޯދަން މަޔަކު ވާ ގުރުބާނީ އާއި އޭނަގެ ހިތްވަރެވެ.

"މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ގެ ޑައިރެކްޓަރަކީ ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) 2013 ގެ "މޭރޭ ޑޭޑް ކީ މަރޫޓީ" ގެ ޑައިރެކްޓަރެވެ.

ކާމިޔާބު އަދި އެހާމެ ރީތި އެތައް ފިލްމެއް ކުޅެފައިވާ ރާނީ، 44، ގެ އެންމެ ފަހުގެ 2021 ގެ "ބަންޓީ އޯރް ބަބްލީ 2" އެވެ.