Last Updated: April 19, 06:56
Friday, April 19, 2024
މުނިފޫހިފިލުވުން

އައްނޫ ކަޕޫރް އެޑްމިޓްކޮށް ފަރުވާ ދެނީ

ބޮލީވުޑްގެ އެތައް ފިލްމަކުން ފެނިފައިވާ އެކްޓަރު އަދި ހޯސްޓް އައްނޫ ކަޕޫރް ކުއްލި ގޮތަކަށް ބަލިވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 66 އަހަރުގެ އެކްޓަރު އިއްޔެ ނިއު ދިއްލީގެ ސާ ގަންގާ ރާމް ހޮސްޕިޓަލްގައި އެޑްމިޓްކުރި މެއެއް ތަދެއް އަރައިގެންނެވެ. އަދި މިކަމާ ގުޅިގެން އޭނަ އެޑްމިޓްކޮށް، ފަރުވާ ދެމުން އައި ނަމަވެސް ހާލު މިހާރު ރަނގަޅު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

"މިސްޓަ އިންޑިއާ" އާއި "ތޭޒާބު" އާއި "ބޭތާބު" އާއި "ރާމް ލަކަން" އަދި "ޗަލްބާޒް" ފަދަ މަގުބޫލު އެތައް ފިލްމެއްގައި މަސައްކަތްކޮށްފައިވާ އައްނޫ އެންމެ ފަހުގެ ފިލްމަކީ 2021 ގައި ރިލީޒްކުރި އަމީތާބް ބައްޗަނާއި އިމްރާން ހާޝިމީގެ "ޗެހެރޭ" އެވެ. އޭނަ މި ފަހުން ފެނިގެން ދިޔަ ބައެއް ފިލްމުތަކުގެ ތެރޭގައި "ޑްރީމް ގާލް" އާއި "ހުދާ ހާފިޒު" އާއި "ޖޮލީ އެލްއެލްބީ 2" ހިމެނެ އެވެ.

އައްނޫގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޑްރީމް ގާލް 2" ހިމެނެ އެވެ.