Last Updated: July 25, 18:05
Sunday, July 26, 2026
ޚަބަރު

ކުޑަގިރި އަންނަ މަހުގެ 10 ގައި ހުޅުވަނީ

ޕިކްނިކް އައިލޭންޑެއްގެ ގޮތުގައި ތަރައްގީކުރި ކުޑަގިރި އަންނަ މަހުގެ 10 ގައި ހުޅުވަން ނިންމައިފި އެވެ.

އެތަން ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ވަމުން އަންނަ އިރު، މޯގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ އެ ރަށުގެ ހިތްގައިމުކަން ފޮޓޯތަކާއި ވީޑިއޯއަކުން ދައްކާލައިފި އެވެ. މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރުދާން ހާއްސަކޮށްގެން ތަރައްގީކުރި ކުޑަގިރި އަކީ މާލޭން ލޯންޗެއްގައި ފުރައިގެން 15 ވަރަކަށް މިނިޓުން ދެވޭ ހިސާބުގައި ހިއްކައިގެން ތަރައްގީކޮށްފައިވާ ރަށެކެވެ.

ދަތުރުދާ މީހުންނަށް ބޭނުންވާ މައިގަނޑު ހުރިހާ ވަސީލަތްތަކާ އެކީ ކުޑަގިރު އަންނަ މަހު ރަސްމީކޮށް ހުޅުވަން ތައްޔާރީތައްވެފައިވާ އިރު، އަށް ހެކްޓަރުގެ ރަށުގައި 1.5 ހެކްޓަރުގެ ފިނޮޅެއް ވެސް ހަދާފައިވެ އެވެ. ރަށް ބަލަހައްޓާ އޮފީހަކާއި މިސްކިތާއި ފާޚާނާބަރިއަކާއި، ކެފޭ އާއި ފިހާރަ އަދި ހަޓުތަކާއި ކުޅިވަރު ކުޅެވޭނެ ގިނަ ވަސީލަތްތައް މި ރަށުން ލިބެން ހުންނާނެ އެވެ.

ކުޑަގިރި އެންމެ ފުރަތަމަ ހުޅުވަން ޕްލޭންކުރީ މިދިޔަ އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް ޖުލައި 26 ގަ އެވެ. އެކަމަކު ތައްޔާރީތައް ދިގުލައިގެން ދިއުމުން ހުޅުވަން މި އަހަރަށް ފަސްކުރީ އެވެ.

ކުޑަގިރި އަކީ ސަރުކާރުގެ ފަސް ކުންފުންޏެއް ގުޅިގެން ތަރައްގީކުރި ރަށެކެވެ. އެއީ އެމްޓީސީ އާއި އެޗްޑީސީ އާއި އެމްޑަބްލިއެސްސީ އާއި ފެނަކަގެ އިތުރުން ސްޓެލްކޯ އެވެ.