Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އެލައިޑް ވައިޓް ބޯޑު ކަލަންޑަރެއް ބޭނުންތަ؟

އެލައިޑުގެ 38 ވަނަ އަހަރީ ދުވަހާއި ދިމާކޮށް އެލައިޑްގެ މައި އޮފީހުން ޙިދުމަތް ހޯދާ ފަރާތްތަކަށް އެލައިޑުގެ ވައިޓް ބޯޑް ކަލަނޑަރެއް ހޯދުމުގެ ފުރުސަތު އެކުންފުނިން ހުޅުވާލައިފިއެވެ.

އެލައިޑުން މިއަހަރާއި ދިމާކޮށް ތައާރަފްކުރި ކަލަނޑަރު ވަރަށް ބޮޑަށް މަޤްބޫލުވެފައިވާއިރު، މި ކަލަންޑަރު ބެހުމުގެ ދެ ހަރަކާތެއް މިހާތަނަށް އެކުންފުނިން ކުރިއަށް ގެންގޮސްފައިވެއެވެ. މިއީ އޮފީހާއި ގޭތެރޭގެ ކަންކަން ރާވާލައި ހިންގުމަށް ބޭނުން ކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ކަލަނޑަރެކެވެ. މި ކަލަންޑަރުގައި ހިމެނޭ ވައިޓްބޯޑަކީ އޮފީހުގައި ނުވަތަ އެހެން ތަނެއްގައި ނަމަވެސް، ނޯޓުކުރަންޖެހޭ މުހިންމު ކަންކަމާއި ޑެޑްލައިންސް ނޯޓުކުރެވޭނެ ޓޫލްއެކެވެ. ކަލަންޑަރާ އެއްކޮށް ލިބޭ މެގްނެޓްތައް ބޭނުންކޮށްގެން ޓާސްކް މެނޭޖު ވެސް ކޮށްލެވޭނެއެވެ. އަހަރު ނިމުނީމާ ވެސް މި ބޯޑު ބޭނުންކޮށްލެވޭނެއެވެ.

އެލައިޑްގެ 38 ވަނަ އަހަރީ ދުވަސް ކަމުގައިވާ 30 ޖެނުއަރީ 2023 ވަނަ ދުވަހު، އެލައިޑްގެ ފްރަންޓް އޮފީސް؛ ހ.އޯކިޑުން ޕޮލިސީއެއް ބައްލަވައިގަންނަވާ ފުރަތަމަ 38 ފަރާތަށް އެލައިޑްގެ ކަލަންޑަރެއް ލިބޭނެއެވެ.

ފުރަތަމަ 38 ފަރާތައް ކަލަނޑަރު ދިނުމަށް ހަމަޖެހިފައިވާއިރު، ކަލަނޑަރު ހޯދުމަށްވެސް އެހާ ފަސާހަވާނެ ގޮތަށް ވަނީ އިންތިޒާމުކޮށްފައެވެ. އެގޮތުން އިންޝުއަރެންސްގެ އެކި ޕޮލިސީތައް އެލައިޑުން ދޭ އިރު ކޮންމެ ބާވަތެއްގެ ޕޮލިސީއެއް ބައްލަވައިގަތަސް ކަލަނޑަރު ލިބިދާނެއެވެ. މީގެ ތެރޭގައި ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބޭނުން ކުރާ ތާޑް ޕާޓީ މޮޓޯ އިންޝުއަރެންސް ޕޮލިސީވެސް ހިމެނެއެވެ.

މީގެ އިތުރުން ގޭގައި ހިފާ ގެންގުޅޭ ފަރުނީޗަރާއި އެހެނިހެން ސާމާނުގެ ރައްކާތެރި ކުރުމަށް ކުޑަ އަގެއްގައި "ހިޔާވަހި" ޕޮލިސީ އަކީވެސް މިހާރު މަޤްބޫލު ޕޮލިސީއެކެވެ. މި ޕޮލިސީގެ ތެރެއިން ކުޑައަގެއްގައި މުދަލަށް ވަރަށް ބޮޑު ރައްކާތެރިކަމެއް ހޯދައިދެވޭނެއެވެ. ހިޔާ ފްލެޓުގައި ދިރިއުޅޭ ފަރާތްތަކަށް މި ޕްލޭންގެ "އަހަރެންގެ ހިޔާ" ޕްލޭން ބައްލަވައިގަނެވޭނެއެވެ.

މީގެ އިތުރުން އެލައިޑުގެ ޓްރެވެލް އިންޝުއަރެންސް ޕްލޭނަކީވެސް ދަތުރުވެރިންގެ މެދުގައި މަޤްބޫލް އިންޝުއަރެންސް ޕްލޭނެކެވެ. މި ޕްލޭން ބައްލަވައިގަންނަވާ ފަރާތްތަކަށް ދަތުރުމަތީ ދިމަވާ ސިއްޙީ ކަންކަން ކަވަރު ކޮށްދީ ޕާސްޕޯޓާއި ފައިސާގެ ރައްކާތެރިކަން ހޯދޭނެއެވެ.

މިހެން ގޮސް އެކި ކަހަލަ ޕްލޭންތައް އެލައިޑު އަދި އެލައިޑް އިސްލާމިކް ވިންޑޯ؛ އަޔާދީ ތަކާފުލްގައި އެބަހުއްޓެވެ. އެލައިޑްގެ އަހަރީ ދުވަހާ ދިމާކޮށް މިއިން ޕްލޭނެއް ބައްލަވައިގަނެގެން ދެމެހެއްޓެނިވި ގޮތުގައި ޓާސްކް މެނޭޖުކޮށްލުމަށް އެލައިޑްގެ ކަލަންޑަރެއް ވެސް ހޯދަން މިއީ ރަނުގެ ފުރުސަތެކެވެ.