Last Updated: June 6, 13:37
Saturday, June 6, 2026
ޚަބަރު

އެޗްއާރްއެޗްގެ ޑޮކްޓަރުންނަށް މުސާރަ ނުދޭ!

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗްގެ) ޑޮކްޓަރުންގެ މުސާރަ ނުލިބިގެން ޝަކުވާ ކުރަން ފަށައިފިއެވެ.

"އައްޑޫލައިވް" އާއި ވާހަކަ ދެއްކި ޑޮކްޓަރަކު ބުނީ މިދިޔަ މަހުގެ މުސާރަ އަދިވެސް ނުދޭ ކަމަށާއި، ހޮސްޕިޓަލުން މުސާރަ ދިނުމަކަށް އެއްވެސް ކަހަލަ އިސްކަމެއް ނުދޭކަމަށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ހަވާލު ހުންނެވި ހަދީޖާ ހަފްސާ މިއަދު ވިދާޅުވީ ޑޮކްޓަރުންގެ މުސާރަ ޖަމާ ނުކުރެވިގެން އުޅެނީ މުސާރަ ތިން ގޮތަކަށް ހަދަން ޖެހުމާއި ގުޅިގެން ކަމަށެވެ.

"މުސާރަ އޮނިގަނޑަށް މިނިސްޓްރީން ބަދަލު ގެނައުމާއި ގުޅިގެން ބައެއް ޑޮކްޓަރުންގެ މުސާރަ ތިން ގޮތަކަށް އެބަޖެހޭ ހަދަން، އެހެންވެ ލަސްތަކެއް އުޅެނީ. އެކަމަކު މިއަދު މުސާރަ ޝީޓް ތައްޔާރުކޮށް، މާދަމާ ބޭންކަށް ފޮނުވޭވަރުވާނެ"

ހަފްސާ ވިދާޅުވީ ޑޮކްތަރުންގެ މުސާރަ މާދަމާ ޖަމާވާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ހިދްމަތްތައް ރަނގަޅު ނުކުރެވިވާތީ ރައްޔިތުންގެ ޝަކުވާ ވަނީ އިންތިހާއަށް ބޮޑުވެފައެވެ.