އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓްލުން މުޅި ރާއްޖޭގައި ފަށައިފި އެވެ.
ވޯޓްލާން ފަށާފައި ވަނީ ހެނދުނު 9:00 ގަ އެވެ. ވޯޓްލުން ހަވީރު 5:00 އާ ހަމައަށް ކުރިއަށް ގެންދަން އޮތީ ނިންމައިފަ އެވެ.
L. Mundoo gai 9:00 ge kurin, R. Nasheed ge mandhoobun nethi vote laan fashaifi. @ibusolih pic.twitter.com/RmChXczRiS
— Hassan Latheef🎈 (@HassanLatheef) January 28, 2023
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ކަނޑައެޅުމަށް ނަގާ ވޯޓްގައި އެމްޑީޕީގެ 57،000 އަށް ވުރެ ގިނަ މެމްބަރުން ވޯޓްލާނެ އެވެ. މި ވޯޓަށް 200 އަށް ވުރެ ގިނަ ވޯޓް ފޮށި ބަހައްޓާފައިވެ އެވެ. މީގެ ތެރެއިން 49 ފޮއްޓެއް ހުންނާނީ މާލެ ސަރަހައްދުގަ އެވެ. މާލޭގައި ހުރި ވޯޓްފޮށިތަކުގެ ތެރޭގައި އެ ސިޓީގައި އުޅޭ ރާއްޖޭގެ އެކި އަތޮޅުތަކުގެ މީހުންނަށް ހާއްސަ ވޯޓްފޮށިތައް ވެސް ހިމެނެ އެވެ.
Vote ekey bunefiyya galolhu onnanee thahyaarah! pic.twitter.com/g1RLnTO7Rw
— Rynu (@rynunazim) January 28, 2023
ފޯރިިގަދަ ކެމްޕޭނެއް ވެސް ފެނިގެން ދިޔަ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ގަލޮޅު ދެފޮށީގެ ނަނބަރާ ދާއިރާ ނަމާ ދިމާ ނުވޭ. @MDPSecretariat pic.twitter.com/Oj7L79ozN9
— Eva Abdulla 🎈❓ (@evattey) January 28, 2023
މި އަހަރުގެ ރިޔާސީ އިންތިހާބު ބާއްވަން ތާވަލުކޮށްފައި އޮތީ ސެޕްޓެމްބަރު 9 ގަ އެވެ.