Last Updated: March 29, 14:55
Wednesday, March 29, 2023
ޚަބަރު އެމްޑީޕީ

އައްޑޫގައި އަމާންކަމާ އެކީ ވޯޓުލުން ކުރިއަށް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާއިރު އައްޑޫސިޓީގައި ވެސް ވޯޓުލުން އަންނަނީ ކުރިއަށްދަމުންނެވެ.

އައްޑޫގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކަށް ވޯޓުލުން އަމާންކަމާއެކު ކުރިއަށްދާއިރު، އައްޑޫސިޓީގައި މި އިންތިހާބުގެ ކެމްޕޭން ފޯރީގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ރައީސް މުހައްމަދު ނަަޝީދު އަދި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްވެސް އައްޑޫގައި ފޯރީގައި ކެމްޕޭން ކުރިއަށްގެންދިޔައިރު، ދެ ކެންޑިޑޭޓުންވެސް އައްޑޫއަށް ވައުދުތައް ވެވަޑައިގެންނެވިއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 09:00 އިން ހަވީރު 05:00 އާ ހަމައަށެވެ.

މި އިންތިހާބުގައި 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އަދި ޖުމުލަ 243 ވޯޓު ފޮށި މި އިންތިހާބުގައި ބަހައްޓާފައިވެއެވެ.