Last Updated: May 8, 06:04
Wednesday, May 8, 2024
ޚަބަރު އެމްޑީޕީ

ދަރިފުޅުގެ ނަމުގައި މަންމަ ވޯޓުލީ މައްސަލައެއް

ހޯނޑެއްދޫ ވޯޓު ފޮށި ކައިރީ ހިތްހަމަނުޖެހުން ފާޅުކުރަނީ-

ގދ. ހޯނޑެއްދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް ދަރިފުޅުގެ ނަމުގައި މަންމަ ވޯޓުލީ މައްސަލައެއް ފެންމަތިކޮށްފިއެވެ.

މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހޯނޑެއްދޫ ވޯޓު ފޮއްޓަށް ވޯޓާޒް ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލާފައިވާ ކަމަށެވެ. އަދި ވޯޓު ލުމުގެ ކުރިން ކައިރީ ހުރި މީހާއަށް ވޯޓު ކަރުދާސްވެސް ދައްކާފައިވާ ކަމަށެވެ.

ފިރުޝާން ކުރި ޓްވީޓުގައި ބުނެފައިވަނީ ވޯޓު ލާފައިވަނީ މާލޭގައި ހުރި ދަރިފުޅުގެ ނަމުގައި އޭނާގެ މަންމަ ކަމަށެވެ. މި މައްސަލަ ފެންމަތިވުމާއެކު ހޯނޑެއްދޫގައި ވޯޓުލުން ކުރިއަށްގެންދިއުން ހުއްޓާލާފައިވާ ކަމަށްވެސް ފިރުޝާން ވިދާޅުވިއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު ގިނަ ޝަކުވާތަކެއް ސޯޝަލްމީޑިއާގައި އެކި ފަރާތްތަކުން އަންނަނީ ހިއްސާ ކުރަމުންނެވެ.

ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 09:00 އިން ހަވީރު 05:00 އަށެވެ.