Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު އެމްޑީޕީ

ލިސްޓުގައި ނަން ނެތި ވޯޓުލުމުން މައްސަލަ ހޫނުވެއްޖެ

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ގއ. ވިލިނގިލީ މާލޭ ފޮއްޓަށް ވޯޓާޒް ލިސްޓުގައި ނަން ނެތް މީހަކު ވޯޓު ލައިފިއެވެ.

އެކަން ސޯޝަލްމީޑިއާގައި ހާމަކޮށްފައިވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއެވެ.

ޓްވިޓާގައި މިކަން ހާމަކުރުމަށްފަހު އީވާ ވަނީ އެ ފޮށި ބަހައްޓާފައިވާ ސަރަހައްދަށް ގޮސް އެ މައްސަލަ ފާހަގަކޮށްފައެވެ. އެއާއެކު އޮފށީގެ ވޯޓުލުން މެދުކެނޑި އެ ސަރަހައްދުގެ މަސްރަހު ވަނީ ހޫނުވެފައެވެ. އަދި އެ މައްސަލަ ހައްލުކުުރުމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު އިބްރާހީމް ވަހީދު (އިބްރޭ)ވެސް މަސައްކަތް ކޮށްފައިވެއެވެ.

ތާޖުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ގއ. ވިލިނގިލީ ދާއިރާގެ ފޮއްޓަށް ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލިއިރު މިފަދަ މައްސަލަތަކެއް ސޯޝަލްމީޑިއާގައި އެކި ފަރާތްތަކުން އަންނަނީ ފާހަގަކުރަމުންނެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 09:00 އިން ހަވީރު 05:00 އާ ހަމައަށެވެ.

މި އިންތިހާބުގައި 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އަދި ޖުމުލަ 243 ވޯޓު ފޮށި މި އިންތިހާބުގައި ބަހައްޓާފައިވެއެވެ.