Last Updated: July 26, 17:27
Sunday, July 26, 2026
ޚަބަރު

ގައްދޫގައި "ބޮޑީ ކެމެރާ" ހަރުކޮށްގެން ވޯޓުލީ ކަމަށްބުނެ ހަމަނުޖެހުން

ގައްދޫ ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިންގުން-

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދަނިކޮށް ގދ. ގައްދޫގެ ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިންގައިފިއެވެ.

ގައްދޫގައި ވޯޓުލުން ކުރިއަށްދިޔައިރު ހަމަނުޖެހުން ހިންގާފައިވަނީ "ބޮޑީ ކެމެރާ" ހަރުކޮށްގެން ވޯޓުލީ ކަމަށް ބުނެއެވެ.

އެކަމާ ގުޅިގެން ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިނގާ ވޯޓު ކަރުދާސްތައް ހަލާކުކޮށް ހަދާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލްމީޑިއާގައި ވަނީ އާންމު ވެފައެވެ. އަދި ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރުވެސް އެފަދަ ވީޑިއޯއެއް ހިއްސާކޮށްފައިވެއެވެ.

ބޮޑީ ކެމެރާ ހަރުކޮށްގެން ވޯޓުލީ މައްސަލައިގައި ވޯޓުލުން މެދުކެނޑުމައްފަހު އަލުން ވޯޓުލުމުގެ ކަންކަން ކުރިއަށްދާކަމަށް މައުލޫމާތު ލިބެއެވެ.

މި އިންތިހާބު ކުރިއަށްދާއިރު މައްސަލަތަކެއް ފާހަގަކޮށް ސޯޝަލްމީޑިއާގައި އެކަން އަންނަނީ ހިއްސާކުރަމުންނެވެ. އެގޮތުން ވޯޓުލާ ލިސްޓުގައި ނަން ނެތް މީހުން ވޯޓުލުމާއި، މީހުންގެ ބަދަލުގައި އެހެން މީހުން ވޯޓުލުންފަދަ މައްސަލަތަކެއް އަންނަނީ ފާހަގަ ކުރަމުންނެވެ.