Last Updated: July 26, 17:27
Sunday, July 26, 2026
ޚަބަރު

ވޯޓު ގަޑުބަޑު ކުރާ މީހުންނަށް ފިޔަވަޅު އަޅާ: ނަޝީދު

ޕްރައިމަރީގެ ތެރެއިން ހައްޔަރުކުރި ރައީސް މުހައްމަދު ނަޝީދުގެ އޮބްޒާވަރުންނާއި ސަޕޯޓަރުން ދޫކޮށްލުމަށް އެމަނިކުފާނު ގޮވާލައްވައިފިއެވެ.

ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބައެއް ވޯތުފޮށި ކައިރީގައި ތިބި އެމަނިކުފާނުގެ އޮބްޒާވަރުންނާއި ތާއީދުކުރާ މީހުން ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެމީހުން ވަގުތުން ދޫކޮށްލުމަށް ގޮވާލާފައިވެއެވެ.

ރައީސް ނަޝީދު ވަނީ މި ވޯޓު ގަޑުބަޑުކުރުމަށް އުޅޭ މީހުންނާމެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ފޮއްޓަށް ގެއްލުން ދިން ކަމަށްބުނެ ފުލުހުން ވަނީ ތިން މީހަކު ހައްޔަރު ކޮށްފައެވެ. އެއީ ގދ. ރަތަފަންދޫން ދެ މީހަކު އަދި ގދ. ތިނަދު އިން މީހެކެވެ.