Last Updated: April 19, 22:45
Friday, April 19, 2024
ދުނިޔެ

އިންޑިއާގެ ދެ ޖެޓެއް ވެއްޓި، މަރެއް

އިންޑިއާގެ އަސްކަރިއްޔާގެ ދެ ފައިޓަ ޖެޓެއްގެ ވައިގެ ތެރޭގައި އެކަތި އަނެކައްޗާ ޖެހި ވެއްޓި ޕައިލެޓަކު މިއަދު މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ މި ހާދިސާ ހިނގާފައި ވަނީ މަދިއަ ޕްރަދޭޝްގެ ގްވާލިއާ އެއާ ބޭސް އިން ދެ ޖެޓް ނައްޓައިލިތާ މާ ގިނަ އިރުތަކެއް ނުވަނީސް ކަމަށެވެ. ވައިގެ ތެރޭގައި މުޑިއެރި ދެ ޖެޓްގެ ތެރެއިން އެކައްޗަކީ އެއް ޕައިލެޓް އިން ފްރާންސްގެ މިރާޖް 2000 މަރުކާގެ ޖެޓެކެވެ. އަނެއް ޖެޓަކީ ދެ ޕައިލެޓުން ތިބި، ރަޝިއާގައި އުފައްދާފައިވާ ސުކޯއީ ސޫ-30 މަރުކާގެ ޖެޓެކެވެ.

ދެ ޖެޓް ޖެހި ހިނގި ހާދިސާގެ ތަހުގީގެއް ފަށާފައިވާ ކަމަށް އިންޑިއާގެ އަސްކަރިއްޔާ އިން ބުންޏެވެ. އެކަމަކު އަދި ހާދިސާ ހިންގަން ދިމާވި ސީދާ ސަބަބެއް ސާފެއް ނުވެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް އިންޑިއާގެ އަސްކަރިއްޔާގެ ހެލިކޮޕްޓަރެއް ވެއްޓި ފަސް އޮފިސަރަކު މަރުވެފައިވެ އެވެ. އަދި 2021 ގެ ޑިސެމްބަރުގެ މަހުގެ ތެރޭގައި އަސްކަރިއްޔާގެ ހެލިކޮޕްޓަރެއް ދަތުރުކުރަމުން ދަނިކޮށް ފަރުބަދައެއްގައި ޖެހި، ގޮވައި އަސްކަރިއްޔާގެ އޭރުގެ ވެރިޔާ ޖެނެރަލް ބިިޕިން ރަވަތާ އެކީ އިތުރު ބަޔަކު މަރުވެފައިވެ އެވެ.