Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

އިރާގްގެ ސަފީރު، ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ޢިރާޤު ސަރުކާރުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަ ކަހްތާން ތާހާ ޚަލާފް، ރައީސް ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައީސްގެ އޮފީހުގައި އޮތް މި ބައްދަލު ކުރެއްވުމުގައި ރާއްޖެ އާއި ޢިރާޤާ ދެ ޤައުމުގެ ދެމެދުގައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
ވަކިން ޚާއްޞަކޮށް މަސްވެރިކަމާއި، ފަތުރުވެރިކަމާއި ތެލުގެ ވިޔަފާރީގެ ދާއިރާގައި ޢިރާޤުން ރާއްޖޭގައި އިންވެސްޓްމަންޓް އިތުރުކުރެއްވުމާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވި އެވެ.

މި ބައްދަލުކު ރެއްވުމުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތް ގޮތާއި، މި އަހަރު ރާއްޖޭގައި ބޭއްވޭ ރިޔާސީ އިންތިޚާބާ ބެހޭގޮތުން ރައީސް، ޢިރާޤުގެ ސަފީރަށް ދެއްވި އެވެ.

ޢިރާޤު ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެ އަށް ބޭނުންވާ ކަންކަމުގައި، ޢިރާޤުން ރާއްޖެ އަށް އަބަދުވެސް އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.