މާލޭގައި މިހާރު ކުރިއަށްދާ ގައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވާން ހުޅުމީދޫން ފަސް ދަރިވަރަކު މާލެ ގޮސްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މާލެ ގޮސްފައި ވަނީ ސ. އަތޮޅު މަދަރަސާގެ ދެ ކުއްޖަކާއި، ޝަމްސުއްދީން ސްކޫލްގެ ދެ ކުއްޖެއްގެ އިތުރުން ހުޅުދޫ ސްކޫލްގެ ދަރިވަރެކެވެ.
ގައުމީ ގުރުއާން މުބާރާތަށް ކުދިން ހޮވުމަށް ހުޅުމީދޫގައި ވަނީ ގުރުއާން މުބާރާތެއް ބާއްވާފަ އެވެ.
މާލެއިން ފަނޑިޔާރަކު ގެނެސްގެން ބޭއްވި މުބާރާތުން ހޮވިފައިވަނީ ޝަމްސުއްދީން ސްކޫލްގެ މުހައްމަދު ރައްޔާން މައުސޫމް ( ސ. މީދޫ ބެންހާގެ ) ، ޝަރީފީޕްރީސްކޫލްގެ އާއިޝާ ޔަޒުކާ މައުސޫމް ( ބެންހާގެ / ސ.މީދޫ ) ، ޝަމްސުއްދީން ސްކޫލްގެ މަރިޔަމް ޠިބުނާ ނަސީރު ( ސ. މީދޫ ޒަމާނީވާދީ ) ، ސ. އަތޮޅުމަދަރުސާގެ އާއިޝަތު ޖުވެއިދާ ( ސ. މީދޫ އުއިގަސްދޮށުގެ ) ، ހުޅުދޫސްކޫލްގެ މުހައްމަދު އައިހަމް ޝަރީފް ( މައްސާގުގެ / ސ. ހުޅުދޫ ) އަދި ސ. އަތޮޅުމަދަރުސާގެ އާމިނަތު މާނާ އިބްރާހިމް ޝަކީބު ( ސ. ހުޅުދޫ މުލައްމާގެ ) އެވެ.
މި ދަރިވަރުންގެ ކިޔެވުން ތާވަލް ވެފައިވާ ތާރީހެއް އަދިވަނީ އެނގޭ ގޮތްނުވެފައެވެ.