Last Updated: April 19, 16:50
Friday, April 19, 2024
މުނިފޫހިފިލުވުން

"ކޭޖީއެފް" ގެ ބަތަލު ބޮލީވުޑްގެ ފިލްމަކަށް

"ކޭޖީއެފް" ގެ ދެ ފިލްމުން ބޮޑު މަޝްހޫރު ކަމެއް ހޯދި އިންޑިއާގެ ކަންނާޑާ އެކްޓަރު ޔާޝް ބޮލީވުޑް ފިލްމަކަށް ގެންނަން ވާހަކަތައް ދެކެވެން ފަށައިފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި ގޮތުގައި މަދޫ މަންޓޭނާ ޕްރޮޑިއުސްކޮށް، ނިތޭޝް ތިވާރީ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ބޮޑު ބަޖެޓް ފިލްމު "ރާމަޔަން" ގެ ރޯލެއް ޔާޝް އަށް ހުށަހަޅައި މަޝްވަރާތައް މިހާރު ދަނީ ކުރިއަށެވެ. ބޮލީވުޑް ހަންގާމާ އިން ބުނީ އިންޑިއާގެ ހިންދޫންގެ ތެރޭގައި ކިޔައި އުޅޭ ހުރާފީ ވާހަކަ "ރާމަޔަން" އަށް ބިނާކޮށް ހަދަން ނިންމާފައިވާ ފިލްމުން ޔާޝް އަށް ހުށަހެޅީ އޭގެ އެންމެ ވަރުގަދަ ނެގެޓިވް ކެރެކްޓާ ރާވަން ކަމަށެވެ. އަދި އެއަށް ޔާޝް ޝައުގުވެރިކަން ވެސް ފާޅުކޮށްފައިވާ ކަމަށްވެ އެވެ.

ކުރިން އެ ރޯލު ކުޅޭ ގޮތަށް އޮތީ ރިތިކް ރޯޝަނެވެ. ނަމަވެސް މިދިޔަ އަހަރު ރިލީޒްކުރި "ވިކްރަމް ވޭދާ" ގައި ވެސް ނެގަޓިވް ރޯލެއް ކުޅެފައިވާތީ އަނެއްކާ ވެސް އެކަހަލަ ރޯލެއް ކުޅެން ބޭނުން ނުވާތީ ރިތިކް ފިލްމު ދޫކޮށްލީ އެވެ.

"ރާމާޔަން" ގައި ޓައިޓްލް ރޯލު ކުޅެން ހަމަޖެހިފައި ވަނީ ރަންބީރް ކަޕޫރް ކަމަށް ރިޕޯޓްތައް ބުނެފި އެވެ. އެކަމަކު ފިލްމުގެ ކާސްޓާ ބެހޭ އެއްވެސް ވާހަކައެއް އޭގެ ޓީމަކުން އަދި ރަސްމީކޮށް ނުދައްކަ އެވެ.

ޔާޝް، ނިތޭޝް އަދި ރިތިކް.

މިދިޔަ އަހަރު ގެނެސްދިން "ކޭޖީއެފް: ޗެޕްޓާ" ގެ ބޮޑު ކާމިޔާބީ އަށް ފަހު، އޭގެ ތިން ވަނަ ބައި ވެސް ހަދަން އޮތީ ނިންމައިފަ އެވެ. ޔާޝް، 37، ގެ މި ވަގުތު އިތުރު އެއްވެސް ފިލްމެއް ރަސްމީކޮށް އިއުލާންކޮށްފައެއް ނެތެވެ.

އޭނަ އަށް ހުށަހެޅި "ރާމަޔަން" ގެ އަކީ "ޑަންގަލް" އާއި "ޗިޗޯރޭ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ނިތޭޝް ހަދާ ފިލްމެކެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ އެޕްރީލަށް ތާވަލުކޮށްފައި އޮތް ވަރޫން ދަވާނާއި ޖާންވީ ކަޕޫރްގެ "ބަވާލް" އެވެ.