Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އަލީ ސޯލިހު ޓްރާންސްޕޯޓަށް ބަދަލުކޮށްފި

އެންވަޔަރަމަންޠް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ތަރުޖަމާނު އަލީ ސޯލިހު ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކޮށްފި އެވެ.

އޭނަ އެ މިނިސްޓްރީ އަށް ބަދަލުކުރި އިރު، ފާހަގަކޮށްލެވޭ ކަމަކީ ޓްރާންސްޕޯޓް މިނިސްޓަރަކީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތި ނަހުލާކަމެވެ. އަލީ ސޯލިހު ޓްރާންސްޕޯޓް މިނިސްޓްރީ އަށް ބަދަލުކުރީ ބުރާސްފަތި ދުވަހު އެވެ.

އަލީ ސޯލިހު އެންމެ ފުރަތަމަ ހުންނެވީ މި ސަރުކާރުގެ ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. އެކަމަކު އެ މިނިސްޓްރީން ފަހުން އުވައިލުމަށް ފަހު، ޓެކްނޮލޮޖީއާ ގުޅޭ މަސައްކަތްތައް ވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.