އއ. ރަސްދޫގައި ހުންނަ ބޭންކް އޮފް މޯލިވްސް (ބީއެލްއެމް) ބްރާންޗްގެ އާ އިމާރާތް ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ވެސް ލިބޭ އޭޓީއެމަކާ އެކީ މިއަދު ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.
ރަސްދޫ ބްރާންޗްގެ އޭޓީއެމްގެ ހިދުމަތާ އެކީ މިހާރު އއ. އަތޮޅުގެ ޖުމްލަ ހަތަރު ރަށެއްގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް އަންނަނީ ދެމުންނެވެ. އަނެއް ތިން ރަށަކީ ތޮއްޑު އާއި އުކުޅަހުގެ އިތުރުން މަތިވެރި އެވެ.
ގައުމީ ބޭންކްގެ ހިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރުމަށް ކުރަމން އަންނަ މަސައްކަތުގެ ތެރެއިން 20 އަތޮޅުގައި 35 ބްރާންޗާއި 84 ސެލްފް ސާވިސް އޭޓީއެމާއި، 142 އޭޓީއެމާއި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން މިހާރު އެބަތިއްބެވެ.