Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ލައިސަސަންސްގެ ހިދުމަތަށް މެދުކެނޑުމެއް

އެއްގަމު ވެހިކަލްތަކުގެ ލައިސަންސްގެ ޚިދުމަތް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ މި ގޮތަށް ނިންމީ މިނިސްޓްރީން އަލަށް ތައްޔާރުކުރި ސޮފްޓްވެއާގެ ޚިދުމަތްތަކުގެ ތެރެއިން އެއްގަމުގައި ވެހިކަލްތަކުގެ ލައިސަންސްގެ ހިދުމަތް ފެށުމުގެ ކުރިން ޑޭޓާ މައިގްރޭޝަންގެ މަސައްކަތްތަކެއް ކުރުމުގެ ގޮތުން ކަމަށެވެ. އެހެންވެ މިއަދުން ފެށިގެން އަންނަ މަހުގެ 4 އަށް ހިދުމަތެއް ނުލިބޭނެ އެވެ.

އެކަމަކު ލައިސަންސްގެ ހިދުމަތް ހުއްޓާލައިވާ މުއްދަތުގެ ތެރޭގައި މުއްދަތު ހަމަވާ ލައިންސަންސް އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.