Last Updated: April 19, 22:14
Friday, April 19, 2024
ޚަބަރު

ޖެންޑަ މިނިސްޓްރީ މިހާރު ހުޅުމާލޭގައި

އިއްޔެ އިން ފެށިގެން ރަސްމީކޮށް ޖެންޑަ މިނިސްޓްރީ ހުޅުމާލޭގައި ހިންގަން ފަށައިފި އެވެ.

އެ މިނިސްޓްރީ ހިންގަމުން އަންނަނީ ސަރުކާރުގެ އޮފީސްތައް ހިންގަން ހާއްސަކޮށް އެތަނުގައި ހެދި އާ އިމާރާތުގަ އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރީގައި ހެދި އޮފީސް އިމާރާތަށް ނަން ދީފައި ވަނީ ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި ކުރީގެ މިނިސްޓަރު އުމަރު ޒާހިރުގެ ނަމާ ގުޅުވައިގެންނެވެ. އެގޮތުން އެތަނަށް ކިޔަނީ އުމަރު ޒާހިރު އޮފީހެވެ.

ޖެންޑަ މިނިސްޓްރީ އަކީ އެ އިމާރާތަށް ބަދަލުކުރި ފުރަތަމަ މިނިސްޓްރީ އެވެ.

ހުޅުމާލެ އަށް އެ މިނިސްޓްރީ ބަދަލުކުރި މިހާތަނަށް މާލޭގައި ޖެންޑަ މިނިސްޓްރީ ހިންގަމުން އައީ ދެ އިމާރާތެއްގައެވެ. އެއީ ސީޓްރެކް ބިލްޑިން އާއި ބިއްލޫރިޖެހި ގޭގައެވެ. ސީޓްރެކްގައި ހިންގަމުން އައީ މިނިސްޓްރީގެ އެޑްމިން މަސައްކަތްތަކެވެ. އަދި ބިއްލޫރިޖެހި ގޭގައި ހިންގަމިން އައީ ފެމިިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓެވެ. އެ ޑިޕާޓްމަންޓް ވެސް ވަރަށް އަވަހަށް ވެސް ހުޅުމާލެ އަށް ވަރަށް އަވަހަށް ބަދަލު ކުރަން ވަނީ ނިންމައިފަ އެވެ

އުމަރު ޒާހިރު އޮފީހަށް ބަދަލުކުރަން ހަމަޖެހިފައިވާ މިނިސްޓްރީތަކުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ރާއްޖޭގައި އަލަށް ހުޅުވާ އެމެރިކާގެ އެމްބަސީ ހިމެނެ އެވެ.