Last Updated: June 12, 06:38
Friday, June 12, 2026
މުނިފޫހިފިލުވުން

ކައިލާޝްއާ ދިމާއަށް އުކީ ފެންފުޅި

އިންޑިއާގެ ކަރްނާޓަކާގެ ފެސްޓިވަލެއްގައި ޕަފޯމްކުރަނިކޮށް ލަވަކިޔުންތެރިޔާ ކައިލޭޝް ކޭރަށް ބަޔަކު ހަމަލާދިން މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

މީޑިއާތަކުން ބުނީ ހުކުރު ދުވަހު ފެށި ހަމްޕީ ފެސްޓިވަލްގެ ރޭގެ އިވެންޓްގެ ތެރޭގައި ކައިލާޝް އަށް ބަޔަކު ހަމަލާދިނީ ސްޓޭޖެއްގެ މަތީގައި ލަވަކިޔަން ހުއްޓައި ފެންފުޅި އުކައި ކަމަށެވެ. މި ހާދިސާއާ ގުޅިގެން ދެ ޒުވާނަކު ވަނީ ހައްޔަރުކޮށްފަ އެވެ. މީޑިއާތަކުން ބުނީ އެ މީހުން ކައިލާޝްއާ ދިމާއަށް ފެންފުޅި އުކައި ހަމަލާދިނީ ކަންނާޑާ ލަވަތަކެއް ކިޔަން ޑިމާންޑްކުރުމުން އެކަމަށް އިޖާބަ ނުދިނުމުން ކަމަށެވެ.

ކައިލާޝް އަށް ހަމަލާދިން އިރު އޭނަ ކިޔަން ހުރީ ރަންބީރް ކަޕޫރާއި ކެޓްރީނާގެ 2009 ގެ ފިލްމު "އަޖަބު ޕްރޭމް ކީ ގަޒަބް ކަހާނީ" ގެ "ތޫ ޖާނެ ނާ" އެވެ. ކައިލާޝް އަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.

އިންޑިއާގެ ސަރުކާރުން ދޭ މަތީ ޝަރަފެއް ކަމަށްވާ ޕަދުމާ ޝްރީ އެވޯޑް ވެސް ލިބިފައިވާ ކައިލާޝް، 49، އަކީ މަގުބޫލު އެތައް ލަަވައެއް ކިޔާފައިވާ ފަންނާނެކެވެ.

ފަހަކަށް އައިސް އިންޑިއާގެ ބައެއް ލަވަކިޔުންތެރިންނަަށް ހަމަލާ ދިނުމާއި ތަފާތު އެކި އިންޒާރުތައް ދިނުން ވަރަށް އާންމެވެ. މިދިޔަ އަހަރު ވެސް ޕަންޖާބްގެ މަޝްހޫރު ލަވަކިޔުންތެރިއެއްގެ ގަޔަށް ބަޑި ޖަހައި މަރާލާފައިވެ އެވެ.