Last Updated: April 20, 13:23
Saturday, April 20, 2024
ޚަބަރު

މި ފަހަރު ކުޑަކުއްޖަކާ ބެހުނީ 73 އަހަރުގެ މީހެއް

ދުވަސްވީ މީހަކު އަނެއްކާ ވެސް ކުޑަކުއްޖަކާ ބެހިގެން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 73 އަހަރުގެ ފިރިހެން މީހާ 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއް ރިޕޯޓްކުރީ ރޭ ކަމަށާއި އެެކަމާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލަ ރިޕޯޓްކުރީ މެދު ރާއްޖެތެރޭގެ ރަށަކުންނެވެ. އެކަމަކު އެކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ.

ތޭރަ އަހަރުގެ އަންހެން ކުއްޖަކާ ބެހުނު މައްސަލައެއް މިދިޔަ ހޮނިހިރު ދުވަހު ރިޕޯޓްކުރުމާ ގުޅިގެން އެ މައްސަލާގައި 60 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ އުތުރުގެ ރަށަކުންނެވެ.

ރާއްޖޭގެ އިޖުތިމާއީ ބޮޑެތި މައްސަލަތަކުގެ ތެރެއިން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަކީ އެންމެ ގިނައިން ރިޕޯޓްކުރާ އެއް މައްސަލަ އެވެ.