ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑަށް އާންމު ހިއްސާދާރުން ހޮވާ ތިން ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ގައުމީ ބޭންކުން ބުނީ މިކަމަށް އެދޭ ފޯމް އިއްޔެ އިން ފެށިގެން ދޫކުރަމުން އަންނަ ކަމަށާއި އަންނަ މާޗް މަހުގެ 1 އާ ހަމައަށް ދޫކުރަމުން ގެންދާނެ ކަމަށެވެ. ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެވޭނީ އުމުރުން 30-70 އަހަރާ ދެމެދުގެ މީހުންނަށެވެ.
އެގޮތުން އާންމު ހިއްސާދާރުން ތަމްސީލުކުރަން ހޮވާ ޑިރެކްޓަރުންގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހަޅަން ޖެހެނީ މާޗް މަހުގެ 1 ގެ މެންދުރު ފަހު 2:00 ގެ ކުރިންނެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް ބޭންކިންގެ ހިދުމަތް ދެމުން އަންނަ ބީއެމްއެލް އަށް މިދިޔަ އަހަރު ވަނީ 40 އަހަރު ފުރިފަ އެވެ.