Last Updated: May 8, 02:23
Wednesday, May 8, 2024
ޚަބަރު ޕީޕީއެމް

ޕީޕީއެމުން ބޮޑު ހިނގާލުމެއް ބާއްވަނީ

އިދިކޮޅު ޕީޕީއެމުން މާލޭގައި ބޮޑު ހިނގާލުމެއް ބޭއްވުމަށް ނިންމައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ޕީޕީއެމުން ބޮޑު ހިނގާލުމެއް ބޭއްވުމަށް ނިންމާފައިވަނީ 3 ފެބުރުއަރީވާ ހުކުރު ދުވަހުއެވެ.

ޕީޕީއެމުން ބުނެފައިވަނީ ބޮޑު ހިނގާލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހަވީރު 04:00 ގައި ކަމަށެވެ. އަދި މި ހިނގާލުން ފެށޭނީ ޕީޕީއެމްގެ އޮފީސް ދޮރުމަތިން ކަމަށެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ވ. އާރަށުގެ ހިޔާނާތުގެ މައްސަލައިގައި މަނީލޯންޑްރިން އަދި ރިޝްވަތު ނެގިކަން ސާބިތުވެ ރައިސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުުކުމެއް އިއްވާފައެވެ. މިހާރުވެސް އެމަނިކުފާނުގެ އިތުރު މައްސަލައެއްގެ އަޑުއެހުން އަންނަނީ ބާއްވަމުންނެވެ. އެއީ ބޮޑު ހިޔާނާތުގައި ހިމެނޭ ރ. ފުއްގިރިގެ މައްސަލައެވެ.