Last Updated: March 29, 15:09
Wednesday, March 29, 2023
ޚަބަރު

ރިސޯޓް ވޮލީ މުބާރާތަށް ހުޅުވާލައިފި

މި އަހަރު ބާއްވަން ހަމަޖެހިފައިވާ އިންޓަ-ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާން ރިސޯޓްތަކަށް ހުޅުވާލައިފި އެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުން ބުނީ މުބާރާތުގައި ބައިވެރިވާން އެދޭ ޓީމްތަކަށް މެއި މަހުގެ 22 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މުބާރާތުގައި ވާދަކުރާ ރިސޯޓްތަކުން ޓީމް ލިސްޓް ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ މެއި 29 އެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ވޮލީބޯޅަ އެސޯސިއޭޝަނުން ލިބޭނެ އެވެ. އަދި މުބާރާތާ ބެހޭ އިތުރު މައުލޫތު 3317015 ނަމްބަރުން ލިބޭނެ އެވެ.

މި އަހަރުގެ އިންޓަ-ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕް ފަށަން ހަމަޖެހިފައި ވަނީ ޖޫން 1 ގަ އެވެ.

އެސޯސިއޭޝަނުން ބުނީ މުބާރާތް ކުރިއަށް ގެންދާނީ ހޯސްޓްކުރަން ކަނޑައެޅޭ ރިސޯޓްތަކުގައި ކަމަށެވެ.