Last Updated: July 27, 13:53
Monday, July 27, 2026
މުނިފޫހިފިލުވުން

އިބްރާހީމްގެ ފިލްމުގެ ޝޫޓިން އަންނަ މަހު

ދައްތަ ސާރާއާ އެކީ އިބްރާހީމް.

ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ އެކްޓަރެއްގެ ގޮތުގައި ބޮލީވުޑްގެ ދަތުރު ފަށާ ފިލްމުގެ ޝޫޓިން އަންްނަ މަހުގެ ތެެރޭގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ކެޔޯޒް އިރާނީ ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ. ކަރަންގެ 2012 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ" ގެ ސަޕޯޓީން ރޯލެއް ވެސް ކުޅުނު ކެޔޯޒަކީ މަޝްހޫރު އެކްޓަރު ބޮމަން އިރާނީގެ ދަރިއެކެވެ. އޭނަ އިބްރާހީމް، 21، ގެ އަލަތު ފިލްމު ޑައިރެކްޓްކުރާ އިރު، މި ފިލްމު އަދި ރަސްމީކޮށް އިއުލާނެއް ވެސް ނުކުރެ އެވެ. އެހެންވެ ފިލްމުގެ ނަމެއް ވެސް ނޭނގެ އެވެ.

އެކަމަކި ހަފުތާއެއްހާ ދުވަސް ކުރިން ކެޔޯޒް ވަނީ ފިލްމަށް ކަޝްމީރުން ލޮކޭޝަން ހޯދަން ކުރި ދަތުރުގެ ފޮޓޯތަކެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށް މަސައްކަތް ފަށަން ކެތްމަދުވެފައި ހުރި ކަމަށް ބުނެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިބްރާހީމްގެ ފިލްމު ކާސްޓްގައި ކާޖޮލް އާއި މަދުމަދުން ހިންދީ ފިލްމުތަކުގައި މަސައްކަތްކުރަމުން އަންނަ މަޝްހޫރު މަލަޔާޅަމް އެކްޓަރު ޕްރިތުވީރާޖް ސުކްމަން ވެސް ހިމެނެ އެވެ. އަދި ފިލްމުގެ ވާހަކަ ބިނާކޮށްފައި އޮންނާނީ ކަޝްމީރަށެވެ.

ބަތަލާ ސާރާ އަލީ ޚާންގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަލަތު ފިލްމަށް ތައްޔާރުވާ އިރު، އޭނަ މިހާރު އަންނަނީ ފިލްމުގައި ކުޅެން ޖެހޭ ކެރެކްޓާ އަށް ހަށިގަނޑު ފިޓްކުރަމުންނެވެ. އިބްރާހީމަކީ ކަރަން މި އަހަރުގެ އެޕްރީލްގައި ގެނެސްދޭން ތައްޔާރުވަމުން އަންނަ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ އެސިސްޓެންޓް ޑައިރެކްޓަރެއް ވެސް މެ އެވެ.