Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ޑްރަގާ އެކީ ހުޅުދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ އެކީ އައްޑޫ ހުޅުދޫން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ހޯމަ ދުވަހު ހުޅުމީދޫ ޕޮލިހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 8.2 ގްރާމްގެ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗަކާ އެކީ ހައްޔަރުކުރީ 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.