ރައްޔިތުންގެ ހުވަފެންތަކުގައި ކުލަ ޖެއްސޭ ވަރުގެ ވިސްނުންތެރި، ބުއްދިވެރި ލީޑަރަކީ އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
އޭނަ މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ރައީސް ސޯލިހު ކުރައްވަނީ ހެޔޮ ވެރިކަން ކަމަށެވެ.
"ގައުމުގެ ސުލްހަމަސަލަސް ކަމަށް އިސްކަން ދެއްވާ. އަމާންކަން ދެމަހެއްޓުމަށް މަސައްކަތް ކުރައްވާ،" މަވޯޓާ ވިދާޅުވި އެވެ. "އިގުތިސާދު ކުރިއަރުވަން ގަދައަޅާ މަސައްކަތްކުރައްވާ."
Rayyithunge huvafen thakuga kula jesseyne varuge visnun theri buhdhiveri leadereh @ibusolih akee.E manikufaanu e kohdhevvanee heyo verikan.Gaumuge sulha maslahathah iskan dhevvaa.AmanAmaan kan dhemehettumah masakkaiy kuravvaa. Iguthisaadhu kuriaruvan gadha alhaa masakkaiy kuravva
— Ibrahim Shareef (@AdduShareef) February 1, 2023
އޭނަ ވިދާޅުވި ގޮތުގައި މިފަދަ ސަބަބުތަކާ ހެދި ރައްޔިތުން ރައީސްގެ ފަހަތުގައި ތިބޭނެ އެވެ.
Those willing to stand for the truth n who want a peaceful,stable society in which every citizen has equality of opportunity back @ibusolih for President.
— Ibrahim Shareef (@AdduShareef) February 1, 2023
ރައީސަށް މިހާރު ވަނީ ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވަން އެމްޑީޕީގެ ރިޔާސީ ޓިކެޓް ވެސް ކަށަވަރުވެފަ އެވެ. މި މަހުގެ ތެރޭޔައި އެ ޕާޓީން އެ މަނިކުފާނަށް ރަސްމީކޮށް ޓިކެޓް އަރުވާނެ އެވެ.
ރައީސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައި ވަރަށް ބޮޑު ތަފާތަކުންނެވެ.