Last Updated: June 9, 10:56
Tuesday, June 9, 2026
ޚަބަރު

އެކައުންޓުން ޑޮލަރު ނެގޭ ލިމިޓް އުވާލައިފި

ޑޮލަރު އެކައުންޓުން މަހެއްގެ މައްޗަށް ނެގޭގޮތަށް ކަނޑައަޅާފައިވާ ލިމިޓް ބޭންކް އޮފް މޯލްޑިވްސްއިން އުވާލައިފިއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ އޭޓީއެމް އަދި ބްރާންޗް މެދުވެރިކޮށް މަހެއްގެ މައްޗަށް ނެގޭ ގޮތަށް ކަނޑައަޅާފައިވާ 2،000 ޑޮލަރުގެ ލިމިޓް މިއަދުން ފެށިގެން އުވާލާފައިވާ ކަމަށެވެ.

އެގޮތުން ހ. މެރިން ޑްރީމް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އަދި ހުޅުމާލެ ރެނާޓަސް އިތާ މުއި ގައި ގާއިމްކޮށްފައިވާ ޔޫއެސް ޑޮލަރު އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ޑޮލަރު އެކައުންޓުން 1،600 ޑޮލަރު ނެގޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން، ޔޫއެސް ޑޮލަރު އެކައުންޓް ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ހަމަޖައްސާފައިވާ ޑެބިޓް ކާޑުތަކުން ކޮންމެ ދުވަހަކު 3،000 ޑޮލަރާ ހަމަޔަށް ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ ކަމަށްވެސް މައުލޫމާތުދެއެވެ. މީގެ އިތުރުން ޔޫއެސް ޑޮލަރު އެކައުންޓުން އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރގެ ހިދުމަތްވެސް ލިބޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.