Last Updated: June 29, 10:25
Monday, June 29, 2026
ޚަބަރު

އެސްޓިއޯގެ ކުޑަކުދިންގެ ހަވީރެއް މިއަދު

މަރަދޫފޭދޫ އެސްޓިއޯއިން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން.

އަންނަ ރޯދަމަހާއި ދިމާކޮށް އެސްޓިއޯއިން ވިއްކާ ތަފާތު ބްރޭންޑްތައް އާއްމުންނަށް ދައްކާލުމަށް މިއަދު ހަވީރު ބާއްވާ ހަރަކާތާއި އެކު ކުޑަކުދިންގެ ހަވީރެއް ބާއްވާ ގޮތަށް ނިންމައިފިއެވެ.

އެސްޓިއޯ ހިތަދޫ ފިހާރައިން ބުނީ ކުޑަކުދިންގެ ޕާކާއި ދިމާލުން ސްޓޭޖް ސަރަހައްދުގައި ކުރިއަށްގެންދާ ކުޑަކުދިންގެ ހަވީރުގައި އެކުންފުނިން ވިއްކާ ބައެއް ބްރޭންޑްތަކުން ތަފާތު ކާއެއްޗެހި ތައްޔާރުކޮށް ޓެސްޓް ކުރުމަށް ފުރުސަތު ދޭނެކަމަށެވެ.

މިއަދު ހަވީރު 4 އިން ފެށިގެން 6 ޖަހަންދެން ކުރިއަށްގެންދާ މި ހަރަކާތުގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރު ހަރަކާތްތައް ހިމެނިފައިވާ ކަމަށް އެސްޓިއޯއިން ބުނެއެވެ.

މަރަދޫ ފޭދޫގައި ހުންނަ އެސްޓިއޯ ފިހާރައިން އިއްޔެ ހަވީރު ވަނީ އެތަނުން ވިއްކާ ފިލިޕްސް ބްރޭންޑާއި މަކިޓާ ބްރޭންޑްގެ ތަފާތު އުފެއްދުންތަކާ ބެހޭ މައުލޫމާތު ކަސްޓަމަރުންނަށް ދީ އެތަކެތި ޓެސްޓް ކުރުމުގެ ފުރުސަތު ދީފައެވެ.

އެސްޓިއޯއިން ވަނީ މިއަދުގެ ހަވީރުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ ތަކެތީގެ އަޖްމަ ބެލުމަށް އެދިފައެވެ.