Last Updated: June 9, 10:56
Tuesday, June 9, 2026
ޚަބަރު

މަކިޓާ ޝޯރޫމާއި ނިޕޯން ރަމަޟާން ބާޒާރު ފަށައިފި

އެސްޓީއޯ މަކިޓާ ޝޯރޫމްއާއި ނިޕޯން ރަމަޟާން ބާޒާރު ފަށައިފިއެވެ.

މި ޕްރޮމޯޝަން އެސްޓީއޯއިން ފަށާފައިވަނީ 1 ފެބްރުއަރީ 2023 ބުދަ ދުވަހުއެވެ. މި ޕރޮމޯޝަން ފައްޓަވައިދެއްވީ ޖެނެރަލް މެނޭޖަރ، އެނަރޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސް، މުހައްމަދު އީމާންއެވެ.

އެސްޓީއޯއިން ބުނެފައިވަނީ މަކިޓާ ޝޯރޫމްގައި ރަމަޟާން ބާޒާރު ކުރިޔަށްދާނީ 1 ފެބްރުއަރީ އިން 29 އެޕްރީލްއަށް ކަމަށާއި އަދި ނިޕޯން ރަމަޟާން ބާޒާރު ކުރިޔަށްދާނީ 1 ފެބްރުއަރީ އިން 29 އެޕްރީލްއަށް ކަމަށެވެ.

މި ޕްރޮމޯޝަންގައި ލަކީ ޑްރޯ އެއް ކުރިޔަށް ގެންދިއުމަށްވެސް ހަމަޖެހިފައިވެއެވެ. އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ކުރައްވާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް، އެސްޓީއޯ މަކިޓާ ޝޯރޫމް އިން ކުރައްވާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް، އަދި ނިޕޯން ޝޯރޫމުން ކުރައްވާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

މި ޕްރޮމޯޝަންގައި މަކިޓާ ޝޯރޫމްގެ ރަމަޒާން ބާޒާރުގެ ގްރޭންޑް ވިނަރ އަކަށް ލިބިވަަޑައިގަންނަވާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިހި ހާސް ރުފިޔާގެ އަގުހުރި މުދަލެވެ. އަދި ނިޕޯން ރަމަޟާން ބާޒާރުގެ ގްރޭންޑް ވިނަރ އަކަށް ލިބިވަަޑައިގަންނަވާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިހި ހާސް ރުފިޔާގެ އަގުހުރި މުދަލެވެ.