މިއަދު ހަވީރު ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ދިރާގް ރޯޑް ރޭސްއިން ތިން ވަނަ ސ. މަރަދޫ، ވަހަރީ، ހުސެއިން ވިފާޤް ހޯދައިފި އެވެ.
ތިންހާސް މީހުން ބައިވެރިވި ދިރާގް ރޯޑް ރޭސްއަކީ މީގެ ހަތް އަހަރު ކުރިން ގާތްގަޑަކަށް 200 އެއްހާ މީހުންނާ އެކު ފެށި ދުވުމުކެވެ. ނަމަވެސް މިއަދު ކުރިއަށް ދިޔަ ދުވުމުގައި ރާއްޖޭން ބޭރުގެ ދުވުންތެރިން ވެސް ވަނީ ބައިވެރިފެފަ އެވެ.
މިރޭހުން ތިން ވަނަ ހޯދި ހުސެއިން ވިފާޤަކީ، އެޕްރީލް މަހުގެ 28 ވަނަ ދުވަހު އެންއެންޑީއެފްއަށް 122 އަހަރު ފުރުން ފާހަނގަ ކުރުމަށް ބޭއްވި "ވަންޓޫޓޫ" ދުވުމުން އެއްވަނަ ހޯދި ޒުވާނާއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވިފާގަށް 6000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ލިބިފައެވެ.