އަންގްސާނާ އިހުރު މޯލްޑިވްސް ރިސޯޓްގެ ނަމުގައި ހިންގަމުން އައި ރިސޯޓް އާ ނަމަކަށް ރިބޭންޑްކޮށްފި އެވެ.
އެ ރިސޯޓަށް މިހާރު ކިޔަނީ ދާވާ އިހުރު އެވެ. ދާވާ އަކީ މަޝްހޫރު ބަނިއަން ޓްރީ ގްރޫޕްގެ ބްރޭންޑެކެވެ. އަދި މިއީ އެތަނުގެ ދާވާ ބްރޭންޑްގެ ދަށުން ރާއްޖޭގައި ހިންގާ ފުރަތަމަ ރިސޯޓަށް މި ވަނީ ވެފަ އެވެ.
ދާވާ އިހުރު އަކީ ވެލާނާ އެއާޕޯޓިން ފުރައިގެން ލޯންޗެއްގައި ވިއްސަކަށް މިނިޓުން ދެވޭ ހިސާބުގައި ހިންގަމުން އަންނަ ރިސޯޓެކެވެ. މި ރިސޯޓަކީ ޓޫރިސްޓުންނަށް އެތައް ހިދުމަތެއް ލިބޭ ގޮތަށް ހިންގަމުން އަންނަ ޓޫރިސްޓުންގެ މެދުގައި މަގުބޫލު ރިސޯޓެކެވެ.