Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ގަން އެއާޕޯޓްގެ "އެނިވަސަރީ ރަން" ފަސްކޮށްފި

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ 80 ވަނަ އަަހަރީ ދުވަސް ފާހަގަކުރަން މި މަހު "އެނިވާސަރީ ރަން" ގެ ނަމުގައި ބާއްވަން އޮތް ދުވުން އަންނަ މަހަށް ފަސްކޮށްފި އެވެ.

އެ އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަލް އެއާޕޯޓް (އޭއައިއޭ) އިން މިއަދު ބުނީ ކުރިން މި މަހުގެ 18 ގައި ބާއްވަން އޮތް ދުވުން މިހާރު އަންނަ މަހުގެ 3 އަށް ފަސްކޮށްފައިވާ ކަމަށެވެ. އެހެންވެ ރަޖިސްޓްރޭޝަން މިހާރު ވަނީ މި މަހުގެ 15 އަށް އިތުރުކޮށްފަ އެވެ. ފީ އަކީ 150ރ. އެވެ. ކުރިން ރަޖިސްޓްރޭޝަން ހުޅުވާލީ މިއަދާ ހަމައަށެވެ.

ދުވުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ހަތަރު ކެޓަގަރީއަކަށެވެ. އެއީ 2،5، 10ކޭ އިތުރުން ކުޑަކުދިންނަށް ހާއްސަ ކިޑްސް ރަން ހިމަނައިންގެންނެވެ.

ގަން އެއާޕޯޓަކީ ރާއްޖޭގައި ހެދި ފުރަތަމަ އެއާޕޯޓެވެ. މި އެއާޕޯޓް ހެދީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސީން ގަމުގައި ތިބި އިރު އެވެ.