Last Updated: July 22, 14:09
Wednesday, July 22, 2026
ދުނިޔެ

މަގުމަތީގައި ނެށުމުން 10 އަހަރަށް ޖަލަށް

އިރާންގެ މަގެއްގެ މަތީގައި ގައިގޯޅިކޮށް ނެށި މައްސަލައެއްގެ ޒުވާން ދެ ބައިވެރިޔަކު ހައްޔަރުކޮށް 10 އަހަރަށް ޖަލަށްލައިފި އެވެ.

އެ ދެ މީހުން ނަށާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވެސް ދައުރުވެފައިވެ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ދެ މީހުން ނެށީ އިރާންގެ އާޒާދީ ޓަވަރު ހުންނަ ސަރަހައްދުގަ އެވެ. މީޑިއާތަކުން ބުނި ގޮތުގައި އާމިރު މުހައްމަދު އަހުމަދީ، 22، އާއި އަސްތިއާޒް ހަގީގީ، 21،ހައްޔަރުކުރީ އެ މީހުންގެ އިންސްޓަގްރާމްގައި ވެސް ވީޑިއޯ ޕޯސްޓްކޮށް، އެފަދަ ކަންކަމަށް ހިތްވަރު ދޭ ކަމަށް ބުނެ އެވެ.

އެގޮތުން އެ މީހުން ހައްޔަރުކޮށް ހަށިވިއްކުމާއި ކޮރަޕްޝަނާއި ޕްރޮޕެގަންޑާ ފެތުރުމުގެ ދައުވާކުރި އެވެ.