Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

މަތިވެރިން މީހަކު ގެއްލިގެން ހޯދަނީ

އއ. މަތިވެރިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ އުމުރުން 73 އަހަރުގެ ހަސަން އަލީ ނަމަކަށް ކިޔާމީހެކެވެ.

އެމީހާ އެންމެފަހުން ފެނިފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް އެ ރަށުން މައުލޫމާތުދިން މީހަކު ބުނެފައިވެއެވެ. އަދި އެމީހާ ހޯދުމުގެ މަސައްކަތް އެ ރަށު ރައްޔިތުން ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

އެގޮތުން އެމީހާ ހޯދުމަށް މޫދާއި ރަށުގެ އެކި ތަންތަން ބަލަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.